މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.
އެމްއެންޑިއެފުން ބުނީ ބުޅި ހެރިފައިވަނީ އުމުރުން 37 އަހަރުގެ ފިރިހެނެއްގެ ލޮލަށް ކަމަށެވެ. އެމީހާ މަހަށް ނުކުތީ ބ. ކުޑަރިކިލި "އައިލާ" ނަމަކަށް ކިޔާ ދޯންޏެއްގައި އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:40 އެހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރ. އުނގޫފާރާއި 48 ނޯޓިކަލް މޭލު ދުރުމިނުގައި މަސްވެރިކަން ކުރަން އުޅެނިކޮށެވެ.
އެ މީހާ އަކީ އެ ދޯނީގެ ފަޅުވެރިއެކެވެ. އޭނާއަށް ފަރުވާ ދިނުމަށް ގެންދިއުމަށް ސިފައިން އެ ދޯނި ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް