އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކީ މިނާޖް، އޭނާގެ ޓްވިޓާ އެކައުންޓުން، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ފޮލޯކުރާކަން އާންމުންނަށް އެނގި އެކަން ބޮޑުކަމަކަށް ހަދާފައިވަނިކޮށް، އެއީ ކޮންކަމެއްތޯ އުފެދޭ ސުވާލަށް މުފްތީ މެންކު ޖަވާބު ދީފިއެވެ.
ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި މުފްތީ މެންކު ބުނެފައިވަނީ ނިކީ މިނާޖް، ޓްވިޓާގައި އޭނާ ފޮލޯކުރަން ފެށީ މީގެ އަހަރެއްހާ ދުވަސްކުރިން ކަމަށެވެ. އަދި ނިކީ މިނާޖް މުފްތީ މެންކު ފޮލޯކުރި ކުރުން އެއީ މުފްތީ މެންކުގެ ވާހަކަތަކަށް ނިކީ މިނާޖް އެއްބަސްވާތީ ނުވަތަ ގަބޫލުކުރާތީ ކޮށްފައިވާ ފޮލޯއެއްކަމުގައި ނުދެކޭކަމަށް މުފްތީ މެންކު ބުނެފައިވެއެވެ.
"ދުޝްމަނު ގައުމުތަކުންވެސް އެއް ގައުމު އަނެއް ގައުމަށް ފޮލޯ ކުރޭ، ތިމާ ނުރުހޭ މީހާ ކުރަނީ ކީއްތޯ ބަލަންވެސް މީހުން ފޮލޯކުރޭ" މި މައުލޫގައި މުފްތީ މެންކު ބުނެފައިވެއެވެ.
މުފްތީ މެންކު އިތުރަށް ބުނެފައިވަނީ ނިކީ މިނާޖް އޭނާ ފޮލޯ ކުރާ ކުރުމަށް ސަބަބެއް އޮންނަންޖެހޭ ކަމަށް ކޮންމެހެން ގަބޫލުކުރުން ރަނގަޅު ނުކުރާ ކަމަށެވެ. ނަމަވެސް ނިކީ މިނާޖް ފޮލޯ ކުރުމުންވެސް އުފާވާކަމަށާއި އެއީ ހެޔޮ ފާލަކަށް ވެދާނެ ކަމުގައިވެސް މުފްތީ މެންކު ބުނެފައިވެއެވެ. އަދި އެއްވެސް އިންސާނެއްގެ މައްޗަށް އޭނާއަށް ބާރެއް ނެތް ކަމަށާއި މިނާޖް ކިޔާ މީހަކު އެނގުނީވެސް ވަރަށް ފަހުން ކަމުގައިވެސް މުފްތީ މެންކު ބުނެފައިވެއެވެ.
https://www.youtube.com/watch?v=Eczk1Ofk8UE
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް