އެމްޑީޕީން ރޮޒައިނާ ވަކިކުރަން ރައީސް ނަޝީދު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެމްޑީޕީން ވަކި ކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކ...

16 Aug 2020 | 23:05

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެމްޑީޕީން ވަކި ކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ، ރައީސް ނަޝީދު މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައެވެ.

ރައީސް ނަޝީދު މިފަދަ ހުށަހެޅުއްވުމެއް އެ ގްރޫޕުގައި ހުށަހަޅުއްވާފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ މައްސަލައިގާ ރޮޒައިނާ ވަނީ ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ނަޝީދުވެސް ވަނީ އެކަމާއި ގުޅިގެން ރޮޒައިނާއަށް އަމާޒުކޮށް ބަސް ބުނެފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދުގެ އެ ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން ވަނީ ތާއީދުކުރައްވާ މެސެޖް ކުރައްވާފައެވެ. ޝިޔާން ވިދާޅުވެފައިވަނީ ރޮޒައިނާ ޕާޓީން ވަކިކުރަން މާ ލަސްވެސް ވެއްޖެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ އެމްޑީޕީގެ އެތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްވެ، ސީދާ ރައީސް ނަޝީދު އުޅުއްވާއިރު، އެކަމާއި ސީދާ ދެކޮޅަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ދެކޮޅު ހަދާ އެކަން ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް