ތެލަސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެސްޓީއޯއިން ކުރިއަށ ްގެންގޮސްފިއެވެ.
އެ ކޭމްޕުގައި ކުންފުނީގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓުގެ އިސްވެރިން ހިމެނޭ ގޮތަށް 90 އަށްވުރެ ގިނަ މީހުން ލޭ ހަދިޔާ ކުރި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ކޯވިޑް-19 އަށްފަހު އެސްޓީއޯގެ ރެކްރިއޭޝަން ކުލަބް (ސްޓޯކް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ އިޖްތިމާއީ ހަރަކާތެވެ.
ސްޓޯކުން ބުނީ، ކޯވިޑާ ގުޅިގެން އެ ކުލަބުން ހިންގާ އިޖްތިމާއީ ހަރަކާތްތައް މަދުވެފައި އޮތްނަމަވެސް، މި ކޭމްޕަކީ ކޯވިޑާ ގުޅިގެން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ދަތިވެފައިވާތީ ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ވަނީ ދަތިވެފައިވެފައެވެ. އެސެންޓަރުން އަންނަނީ އާންމުންގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް