ޚަރަދު ކުރެވޭވަރު ބެލެހެއްޓޭ "ހޭދަ" އެޕްލިކޭޝަން ތަޢާރަފްކޮށްފި

ޚަރަދު ކުރެވޭވަރު ބެލެހެއްޓޭ ރާއްޖޭގެ ފުރަތަމަ މޯބައިލް އެޕްލިކޭޝަން "ހޭދަ" ތަޢާރަފްކޮށްފިއެވެ. ހޭދަ އެޕް އަކީ، ފައިސާ ހަރަދު ކުރެވޭ ވަރު ބަލާ، އެކައުންޓުން ފައިސާ ކެނޑުނު އަދަދު އަންނަ މެސެޖުގައިވާ މ...

17 Jul 2020 | 11:03

ޚަރަދު ކުރެވޭވަރު ބެލެހެއްޓޭ ރާއްޖޭގެ ފުރަތަމަ މޯބައިލް އެޕްލިކޭޝަން "ހޭދަ" ތަޢާރަފްކޮށްފިއެވެ.

ހޭދަ އެޕް އަކީ، ފައިސާ ހަރަދު ކުރެވޭ ވަރު ބަލާ، އެކައުންޓުން ފައިސާ ކެނޑުނު އަދަދު އަންނަ މެސެޖުގައިވާ މައުލޫމާތު ރައްކާ ކުރެވި ވަގުތު ސަލާމަތްވޭ ގޮތަށް ރާއްޖޭގެ ޒުވާނަކު ތައްޔާރުކޮށްފައިވާ އެޕެކެވެ.

"ދުވަސް" އަށް ދެއްވި ބަސްދީގަތުމެއްގައި ހޭދަ އެޕްގެ ފައުންޑަރ އަދި ޑިވެލޮޕަރ އަޙްމަދު ޖައިލަމް ވިދާޅުވީ، މި އެޕްގެ އެންމެ ބޮޑު މަގްސަދަކީ ފައިސާ ހަރަދު ކުރާވަރު ކޮންމެ ފަހަރަކު ފޮތެއްގައި ނޯޓުކުރުމުގެ ބަދަލުގައި އެހޭދަވާ ވަގުތު ސަލާމަތްކޮށް އޮޮމެޓިކްްކޮށް ބެލެހޭއްޓޭގެ ގޮތެއް ގާއިމްކުރުން ކަމަށެވެ. އަދި ކާޑު މެދުވެރިކޮށް ވިޔަސް، އޮންލައިންކޮށްވެސް އެކައުންޑުން ކެނޑޭ ފައިސާގެ އަދަދު އަންގައިދޭން އަންނަ އެސްއެމްއެސްއަކީ އަސްލު އެހާ މުހިންމު އެއްޗެއް ނޫން ކަމަށާއި، މި އެޕް އިންސްޓޯލް ކޮށްލުމުން އެ އެސްއެމްއެސްގަ ހުރި މައުލޫމާތު އެ އެޕްގައި ރައްކާކުރެވިގެން ދާނެ ކަމަށްވެސް ޖައިލަމް ވިދާޅުވިއެވެ.

ޖައިލަމް ފާހަގަކުރެއްވީ، އެޕް ބޭނުންކުރާ ފަރާތުގެ އެއްވެސް މައުލޫމާތެއް ނޭނގޭނެ ކަމަށާއި، މި އެޕްގެ ޒަރިއްޔާއިން އެއްްވެސް ފައިސާގެ މުޢާމަލާތެއް ނުހިނގާނެ ކަމަށެވެ.

ހޭދަ އެޕް އަކީ ކުރިއަށް އޮތްތަނުގައި އިތުރު ފީޗާތައް އަންނާނެ އެޕެއްކަން ޖައިލަމް ވަނީ ފާހަގަކުރައްވާފައެވެ. މި އެޕްގެ އެންޑްރޮއިޑް ވާސަން މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އައިއޯއެސް ވާސަން މި އަހަރުގެ ފަހުކޮޅު އާންމުންނަށް ލިބޭވަރުވާނެ ކަމަށް ޖައިލަމް ބުނެއެވެ.

"މި އެޕްއަކީ ޑޭޓާ ކަލެކްޓް ކުރަން ތައްޔާރުކޮށްފައިވާ އެޕެއް. ހުޅުވާލީމަ ކަސްޓަމަރު އެއްވެސް ގޮތަކަށް ލޮގިން ކުރާކަށް ނުޖެހޭނެ، ޕާސްވޯޑެއް ވެސް ޖަހާކަށް ނުޖެހޭނެ. އެޕް އިން ހުއްދަ މިދެނީ 455 އަދި 455+ މިދެނަންބަރުން އައިސްފައި ހުންނަ އެސްއެމްއެސްތައް ކިޔާ ޑާޓާ ޕްރިޒާވް މިކޮށްލަނީ. އަޅުގަނޑުމެން މި އެޕުން ކަލެކްޓްކުރާ ޑާޓާ ތަކުގެ ތެރޭގައި މި ހިމެނެނީ، ޓްރާންސެކްޝަންގެ އެމައުންޓް، ޓައިމް އަދި ކޮންތާނުންކަން ދެނެގަނެވޭނެ. މި އިންފޮމޭޝަން ނަގާލީމަ ވަރަށް ބޮޑަށް ކަސްޓަމަރުންގެ ފައިނޭންޝަލް ބިހޭވިއާރ ސްޓަޑީކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދޭ." ޖައިލަމް ވިދާޅުވިއެވެ.

[contentcards url="https://heydha.com/" target="_blank"]

ޖައިލަމް ވިދާޅުވީ، ރާއްޖޭގައި ބޭންކް އެކްއުންޓެއް އިނދެފައި ކާޑުގެ ހިދުމަތް ބޭނުން ކުރާ ކޮންމެ ފަރާތަކަށް މި އެޕް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މިވަގުތު ބީއެމްއެލް ގެ ޓްރާންސެކްޓަންތައް ޑިޓެކްސް ކުރެވުނަސް ކުރިއަށް އޮތްތަނުގައި އިސްލާމިކް ބޭންކް އަދި އެހެން ބޭންކްތައްކުގެ ކަސްޓަމަރުންނަށްވެސް މި އެޕް ބެނުން ކުރެވޭނެ ކަމަށް ޖައިލަމް ވަނީ ވިދާޅުވެފައެވެ.

ޖައިލަމް ވިދާޅުވީ، މި އެޕް ލޯންޗްކޮށްލުމުން ކަސްޓަމަރުންގެ ވަރަށް ޕޮޒިޓިވް ފީޑްބެކް އަންނަ ކަމަށެވެ. އަދި މިއީ މުހިންމު އެޕެއްކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އިރު، އެ އެޕްގެ ސަބަބުން ވާނެ ފަސޭހަތައްވެސް ބައެއް ފަރާތްތަކުން ދަނީ ފާހަކުރަމުންނެވެ. މިއީ ދިވެހިން އަބަދުވެސް ބޭނުންވެފައިވާ އެޕެއްކަންވެސް ޖައިލަމް ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަ މިއާއިއެކު، ހޭދަ އެޕް ޑައުންލޯޑްކުރާނެ ގޮތުގެ ވީޑިއޯއެއްވެސް ޖައިލަމް ވަނީ ކިއުންތެރިންނާއި ހިއްސާ ކުރައްވާފައެވެ.

https://youtu.be/hPq8GYveAAY

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް