ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ވާޗުއަލް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، އެ ކުންފުނިން ބައިވެރިވެ، މި މަހުގެ 16 ވަނަ ދުވަހު އެއް ގަޑިއިރުގެ ލައިވް އިވެންޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޕާޓާގެ "ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް" އަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް، އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ދައްކުވައިދިނުމަށް ކުރިއަށްގެންދެވުނު ހާއްސަ ހަރަކާތެކެވެ.
މި އިވެންޓުގައި ކޮކޯ ބޮޑުހިތި ރިސޯޓްގެ ފަރާތުން ފެންމަތީ ޔޯގާގެ ހަރަކާތެއް ދައްކާލާފައިވެއެވެ.
އަދި ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޝެފް ވަނީ އިހު ދިވެހިން ކެއުމަށް ތައްޔާރުކުރި "ބަނބުކެޔޮ ބޮގަރައް" ތައްޔާރު ކުރާ ގޮތް ޒިޔާރަތްކުރި އެންމެންނަށް ދައްކާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް