މަންދުއަށް ދަތުރުކުރި ދޯނިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު ޒުވާނާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ...

17 Jul 2020 | 10:48

އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު ޒުވާނާ އަދިވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ މެންދަމު 02:10 ހާއިރު ކަމަށެވެ. ރަށުގެ ނެރުން ދޯނި ވަންއިރުވެސް މީނާ ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު މީނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މާލެއިން ފުރައިގެން މަންދުއަށް ދަތުކުރި ރަންތަރި ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 27 އަހަރުގެ ޒުވާނަކު ގެއްލިގެން ރޭ މެންދަމު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޝާހު ދޯނީގައި ނެތްކަން އެނގުނީ މަންދޫ ފަޅަށް ވަތްފަހުން ކަމަށް ދޯނީގެ ކެޕްޓަން ބުނާ ކަމަށެވެ. ޝާހު އަކީ ހޯމް ކަރަންޓީނަށް މަންދޫއަށް ދިޔަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް