މާލެއިން ފުރައިގެން އދ އަށް ދަތުރުކުރަމުންދިޔަ ދޯންޏަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން އދ. މާމެންދުއަށް ދަތުރުކުރަމުންދިޔަ "ރަންތަރި" ދޯނީގައި ހުރި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 02:10 ހާއިރު" އާޒިމް ވިދާޅިވިއެވެ.
އެމްއެންޑީއެފުން ބުނާގޮތުގައި އޭނާ ގެއްލިފައިވާކަން އެނގިފައިވަނީ އދ. މަންދޫ ފަޅަށް ވަނތް ފަހުން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މެންދަމު 01:10 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ އދ. މަންދޫ، ރަތްވިލާގޭ، އުމުރުން 27 އަހަރުގެ އަލީ ޝާހު ކަމަށް ދޯނިން އެމްއެންޑީއެފަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއީ ހޯމް ކަރަންޓީނުވާން ރަށަށް ދިޔަ މީހެއް ކަމަށްވެސް އެ ދޯންޏާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް