ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 26 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ތިން ދިވެހިންނާއި 23 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓީވްވެފައިވަނީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހަކާއި ސްރީލަންކާގެ މީހެއްގެ އިތުރުން ނޭޕާލްގެ ތިން މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ ހަތް މީހެކެވެ. މިއާއި އެކު ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ތެރެއން 1،677 މީހަކު ބަލިން ރަނގަޅުވީ އެވެ.
އެޗްޕީއޭގެ މައުލޫމާތުތަކަށް ބަލާއިރު މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 433 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާދެނީ އަށް މީހަކަށެވެ. އަދި ޕޮސިޓިވްވެފައިވާ އެންމެންގެ ހާލުވެސް ރަނގަޅެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 2،120 މީހުންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް