އޭވިއޭޝަން މޯލްޑިވްސް: ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިތްގައިމުކަން އެއްތަނަކުން

މިޒަމާނުގައި ސޯޝަލް މީޑިއާއަކީ ބާރު ގަދަ ވަސީލަތެކެވެ. އެކިއެކި ދާއިރާއިން ގިނަ ފޭސްބުކް ޕޭޖްތަކެއް ދިވެހި ޒުވާނުންވެސް ހިންގަމުން ދެއެވެ. އޭވިއޭޝަން މޯލްޑިވްސް ފޭސްބުކް ޕޭޖަކީ މިފަދަ އެއް ޕޭޖެވެ. ދިވ...

17 Jun 2020 | 17:02

މިޒަމާނުގައި ސޯޝަލް މީޑިއާއަކީ ބާރު ގަދަ ވަސީލަތެކެވެ. އެކިއެކި ދާއިރާއިން ގިނަ ފޭސްބުކް ޕޭޖްތަކެއް ދިވެހި ޒުވާނުންވެސް ހިންގަމުން ދެއެވެ. އޭވިއޭޝަން މޯލްޑިވްސް ފޭސްބުކް ޕޭޖަކީ މިފަދަ އެއް ޕޭޖެވެ. ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހިތްގައިމު މަންޒަރުތާއި މަޢުލޫމާތު ގެނެސްދޭ މި ޕޭޖުން މިހާރު ވަނީ މައިލްސްޓޯނެއް ހާސިލްކޮށްފައެވެ. އެގޮތުން އެޕޭޖަކީ ފޭސްބުކު ކޮމިއުނިޓީގައި މިހާރު އެ ދާއިރާއިން އެންމެ ނަން ހިނގާ އަދި އެންމެ ގިނަ މީހުން ފޮލޯކުރާ މިފަދަ ޕޭޖެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ މިޕޭޖުގެ ފައުންޑަރ ހާމަކުރާގޮތުން މިޕޭޖަކީ އޭވިއޭޝަން ދާއިރާއަށް އަދި ފަތުރުވެރިކަމަށް އޭނާ ހުންނަ ޝައުޤުވެރިކަމެއްގެ ތެރެއިން އޭނާ ހިންގަން ފެށި ޕޭޖެކެވެ. އަދި ދިވެހިރާއްޖޭގެ އެ ސިނާއަތްތަކަށް ފަރުދެއްގެ ގޮތުން އޭނާ ކުރާ ޚިދުމަތެއް ގޮތުގައި އޭނާ ސިފަކުރެއެވެ.

އޭވިއޭޝަން މޯލްޑިވްސް ފޭސްބުކް ޕޭޖް: fb.me/aviationmaldive

އަދި މިހާރު ރާއްޖޭގެ ގިނަ އެއާރލައިންތަކުން ޕޭޖަށް ފޮޓޯއާއި މަޢުލޫމާތު ހިއްސާކުރާ ކަމަށާއި ރާއްޖޭގެ ގިނަ އަދަދެއްގެ ޕައިލެޓުންނާއި ކެބިން ކުރޫއިން އަދި ބޭރުގައުމުތަކުގެ ސީނިއާރ ޕައިލެޓުންވެސް ޕޭޖް ފޮލޯކުރަމުންދާ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދުމަށް ހިއްސާވުމަކީ އޭވިއޭޝަން މޯލްޑިވްސްގެ އަމާޒުކަމަށެވެ.

އޭވިއޭޝަން މޯލްޑިވްސް ޓެލެގްރާމް ޗެނަލް: t.me/AviationMv

އިތުރަށް ޕޭޖުން ފާހަގަކުރާ ގޮތުގައި އެޕޭޖަކީ ރާއްޖޭގެ ގައުމީ އެއާލައިންގެ ގޮތުގައި ހީވެ، އާއްމުކޮށް މީހުން މެސެޖްކުރެއެވެ. އަދި ބައެއް ފަހަރު ނައްސި ފާޑުކިޔުން އައިނަމަވެސް ގިނައިން ލިބެނީ ހިތްވަރުކަމަށެވެ. އަދި ބޭނުންވަނީ ރާއްޖޭގެ މުޅި ފޭސްބުކު ކޮމިއުނިޓީގެ އެހީތެރިކަމާއި ބައިވެރިވުމާއެކު މުސްތަޤްބަލުގައި ޕޭޖު ކުރިއަށް ގެންދިޔުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް