ސޭފް ޓޫރިޒަމް ގައިޑްލައިނާމެދު މަޖިލީހުގެ ލަފާ ރައީސް ސޯލިހާ ހިއްސާ ކުރައްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް...

17 Jun 2020 | 16:07

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާ ކުރައްވައިފިއެވެ.

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީއަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިއްސާކުރައްވާފައިވާ ހިޔާލުތައް، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަކާ އެއް ކަރުދާސްކުރުމަށްފަހު، އެ ހިޔާލުތައް މިނިސްޓްރީ އޮފް ޓޫރިޒަމް އާ ހިއްސާ ކުރުމަށެވެ. އަދި ކޯވިޑް-19ގެ ކުރިން ދިވެހިރާއްޖެއަށް ފަތުރުވެރިން އައުމަށާއި، ފްލައިޓްތައް ޖެއްސުންފަދަ ކަންކަމަށް ނަގަމުން އައި ފީއެއް ނުވަތަ ޓެކްސެއްގެ އިތުރުން އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށާއި އަދި ކަރަންޓިން ނުވެ، ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދެއްވުމަށެވެ.

މިގޮތަށް ފާސްކުރައްވާފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ އަށްވަނަ ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް