އެސްޓީއޯއިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު އިންޑިއާއިން ބޭރުކުރުމުގެ ހުއްދަ އެ ގައުމުން ދީފި

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އެސްޓީއޯއިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު ރާއްޖެއަށް ގެނައުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ. މިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނ...

17 Jun 2020 | 08:51

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އެސްޓީއޯއިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު ރާއްޖެއަށް ގެނައުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އެސް.ޓީ.އޯ އިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ނުގެނެވިފައި ވަނިކޮށް، އެތަކެތި ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ އިން ފޯރުކޮށްދީފައިވާކަމަށެވެ.

"މީގެ ތެރެއިން ބައެއް ސާމާނަކީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުން ކުރެވޭ ތަކެއްޗެވެ." އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ.

އިންޑިއާ އާއި ރާއްޖެއަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ބޭސް ފަރުވާ ހޯދުމަށް އެންމެ ގިނައިން ދިވެހިން ދަތުރުކުރާ ގައުމަކީވެސް އިންޑިއާއެވެ. ކޯވިޑް-19 ގެ މި ހާލަތުގައި އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމުން، ބޭސް ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފޯރުކޮށްދިނުމާއިމެދު އިންޑިއާއާއެކު ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް