ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 01:35 އިން ހަވީރު 06:00 އާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް