މާލޭގައި ބިދޭސީއަކަށް އަނިޔާ ކުރި ފުލުހުން ތަކެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މ. އުޖާލާގޭގައި ފުލުހުން ހިންގި އޮަޕަރޭޝަނެއްގެ ތެރެއިން ބިދޭސީއަކަށް 11 ފުލުހަކު އަނިޔާ ކުރިކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އެ ފުލުހުން އެމީހާއަށް އަނިޔާ ކުރިކަން ހާމަވީ ބަޔަކު ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމު ކުރުމުންނެވެ،
މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގަ ޖިނާއީ ތަހުގީގު ހިންގައި ނިންމުމަށް ފަހު 11 ފުލުހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މީގެ ތެރެއިން މިހާތަނަށް ޕީޖީ އޮފީހުން ބަލައިގެންފައިވަނީ އަށް ފުލުހެއްގެ މައްސަލަ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތުހުމަތުވާ ފުލުހުންތަކެއް ސަސްޕެންޑުކޮށް ވަޒީފާއިން ވަކި ކުރި ކަމަށް މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް