އަންނަ މަހު ރާއްޖޭގެ ވައިގެ ދޮރުއަށި ހުޅުވާލަން ތައްޔާރުވަމުން ދާއިރު މިއަހަރުގެ ބާކީ މިއޮތް ހަމަސް ދުވަހު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ނުވަ ލައްކަ ޓޫރިސްޓުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީޣައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ޓޫރިސްޓުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި ނަމަ އަންނާނެ ކަމަށް ލަފާ ކުރެވޭ އަދަދެއް ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބައި ޓޫރިޒަމް ހިއްސާކުރާއިރު ކޯވިޑް-19 އާއި ގުޅިގެން މުޅި ޓޫރިޒަމް އިންޑަސްޓްރީ އޮތީ ހުއްޓިފައި އެވެ. އެތައްބައެއްގެ ވަޒީފާގެއްލި އާމްދަނީގެ ދޮރުތައް ބަންދުވެފައިވާތީ ސަރުކާޜުން ބުނެފައިވަނީ ވިހާވެސް އަވަހަކަށް ޓޫރިޒަމް ދާއިރާ ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު، ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.
ސަރުކާރުން ދަނީ އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް