ބޮލީވުޑްގައި ކުރިޔައަރަމުން އައި އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓު އަމިއްލައަށް ދަަން ޖެހިގެން މަރުވި އިރު މިއަހަރު ކައިވެނި ކުރަން ދިޔައީ ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އޭނާ މުމްބާއީގައިި ދިރިއުޅޭ ގޭގައި ދަންޖެހިފައި ހުއްޓަ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު އެވެ. އިންޑިއާ ފުލުހުން ބުނެފައިވަނީ އޭނާ ދިޔައީ ހަމަހެއްހާ ދުވަސް ކުރިން ފެށިގެން ޑިޕްރެޝަނަށް ބޭސްކަމުން ބޭނުން ކުރަމުން ކަމަށެވެ. ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ކަރަށް ބާރުވެ އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށެވެ.
ސުޝާންތުގެ ޖަނާޒާގައި ވައިވެރިވުމަށް މުމްބާއީއަށް ގޮސްތިބި އާއިލާގެ މެންބަރުންގެެ ތެރެއިން އޭނާ އާއި ދެބެންގެ ދެދަރި ފިރިހެނަކު މީޑިއާގައި ބުނެފައިވާ ގޮތުގައި އާއިލާއިން ދިޔައީ މިއަހަރު އޮންނަ ސުޝާންތުގެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެ ކައިވެނި ކުރުމަށް ހަމަޖައްސާފައި އޮތީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އެމީހާ ބުނެފައިވެ އެވެ.
އެކަމަކު ސުވާލު ކުރުމުން ސުޝާންތު ކައިވެނި ކުރަން އުޅުނު މީހެއް އާއިލާއިން ބުނެފައިވާ ނުވާކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސުޝާންތު ކައިވެނި ކުރަން އުޅުނީ ކުރިންވެސް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު ރިއާ ޗަކްރަބޮތީ އާއި އެވެ. އެކަން އެނގުނީ އެ ދެމީހުން ކައިވެންޏަށް ފަހު ދިރިއުޅޭނެ އެޕާޓްމެންޓެއް ގަންނަން މަޝްހޫރު ބްރޯކަރަކާއި ވާހަކަަދައްކައި ބައެއް ގޭގެ ބަލާފައިވާތީ އެވެ.
އެ ބްރޯކަރު މީޑިއާގައި ބުނެފައިވަނީ އެ ދެ ތަރިން ކައިވެނި ކޮށްގެން ދިރިއުޅެން ބޭނުންވީ މުމްބާއީގައި ފިލްމީ ގިނަ ތަރިން އެޕާޓްމަންޓު ގަންނަ ސަރަހައްދެއްކަމަށްވާ ބާންދްރާއިންނެވެ. ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނިފައިވަނީވެސް ބާންދްރާގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓުންނެވެ.
ރިއާ ވަނީ ސުޝާންތުގެ ޖަނާޒާގައި ބައިވެރިވެފައި އެވެ. އެކަމަކު ސުޝާންތުގެ މަރަށް ފަހު އޭނާގެ އެއްވެސް ހަބަރެއް ނުވަތަ ވާހަކައެއް މީޑިއާ އާއި ހަމައަކަށް އައިސްފައެއް ނުވެ އެވެ. އެހެންވެ އެ ދެމީހުންގެ ކައިވެނި ކުރަން އުޅުޅުކަން ރިއާ ފަރާތުން ޔަގީން ނުވާކަމަށް ބުނެފައިވެ އެވެ.
ސުޝާންތު އަމިއްލައަށް މަރުވީ ބޮލީވުޑްގައި ކުރިޔަށް ދިއުމަށް މާބޮޑަށް މަޝްހޫރު ޑައިރެކްޓަރުންގެ ފަރާތުން ހުރަސްތައް ކުރިމަތިވާން ފެށުމުން ކަމަށް ދާއިރާގައި މަސައްކަތް ކުރާ މީހުން ދަނީ ބުނަމުންނެވެ. އޭނާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ މީހަކަށް ވާތީ އަމިއްލަ މަސައްކަތުން ކުރިޔަށް ދިއުން އޮތީ އުނދަގޫ ކަމަކަށްވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުުގައި މިދިޔަ ހަމަހެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް ހަތް ފިލްމެއް ވަނީ ގެއްލިފައި އެވެ. އޭނާ ޑިޕްރެޝަނަށް ދިއައީ މިހެންވެގެން ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް