އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރު ބަޔަކު ފުރުވާލައިފި

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ އާއި ބަންގްލަދޭޝްގެ ބަޔަކު ފުރުވާލައިފި އެވެ. ފުރުވާލި އިންޑިއާ މީހުންގެ ތެރޭގައި ހިމެނެނީ155 މީހެކެވެ. އެ އެންމެންވެސް ގޮސްފައިވަނީ ޓްރިވެންޑްރަމްއަށާއި ބެ...

17 Jun 2020 | 04:27

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ އާއި ބަންގްލަދޭޝްގެ ބަޔަކު ފުރުވާލައިފި އެވެ.

ފުރުވާލި އިންޑިއާ މީހުންގެ ތެރޭގައި ހިމެނެނީ155 މީހެކެވެ. އެ އެންމެންވެސް ގޮސްފައިވަނީ ޓްރިވެންޑްރަމްއަށާއި ބެންގަލޫރަށެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން 2600 އަށްވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފުރުވާލުމަށް ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން އެއާ އިންޑިއާގެ ޗާޓަރު ބޯޓުތަކުގައިވެސް ބައެއް މީހުން ވަނީ ފުރުވާލައިފަ އެވެ.

ބަންގްލަދޭޝް މީހުންގެ ތެރެއިން ފުރުވާލާފައިވަނީ200 މީހެކކެވެ. އެ އެންމެންނަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ.

މިއީ ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން ފުރުވާލި ބަޔެކެވެ. މިހާތަނަށް 2300 އެއްހައި ބަންގްލަދޭޝް މިހުން މޯލްޑިވިއަންގެ ފްލައިޓުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކާއި، ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ވަނީ އެ ގައުމުގެ ރައްޔިތުން ގައުމަށް ފުރުވާލައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ ތިން މަސް ދުވަސް ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ5،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް