ކޯވިޑް-19: އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއިން މިރޭ އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން އެޗްޕީއޭއިން ބުނެފައިވަނި މިރޭގެ 09:30 އާއި ހަމައަށް އިތުރު ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހަތް މީހުންގެ ތެރޭގައި ...

17 May 2020 | 16:37

ކޯވިޑް-19 އަށް ރާއްޖެއިން މިރޭ އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވަނި މިރޭގެ 09:30 އާއި ހަމައަށް އިތުރު ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ހަތް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭސީއަކާއި އިންޑިއާގެ ރައްޔިތަކު ކަމަށެވެ.

އިތުރު ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު ކުރިން ފަސް މީހަކު ޕޮޒިޓިވް ވިކަން ހާމަކުރިއެވެ. އެއީ ހަތަރު ބަންގްލަދޭސީއަކާއި ލަންކާގެ ރައްޔިތެކެވެ.

މިއާއެކު މިއަދު ޕޮޒިޓިވްވި އަދަދު މިވަނީ 12 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 1090 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް