ދިވެހިންނާއި ގިނަ ގޮތްގޮތުން ގުޅިފައިވާ އިންޑިއާގެ އަވަށެއް ކަމުގައިވާ މަލިކުގައި އަދި އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ނުވެއެވެ.
ދުވަހަށް މައުލުމާތުދެމުން މަލިކު ފެންގެންނަ ގޯތީ މުހައްމަދު (އެފްޖީ މުހައްމަދު) ބުނީ، އަލްހަމްދުލިﷲ މަލިކުގެ އަދި އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށާއި އެންމެން ތިބީ ބަސް އަހައިގެން ފުރަބަންދުގައި ކަމަށެވެ.
"ކާނޫނުތަކާ، ސަރުކާރުގޮތުން އިރުޝާދުތަކަށް ބޯލަނބައި ފުރަބަންދުގެ ހުރިހާ ރައްޔިތުން ތިބީ، އެއްގޮތަށްވެސް ބޭރަށް ނުކުމެ ނޫޅޭ، އެއްވެސް ހަރަކާތެއް ނެތް" އެފްޖީ މުހައްމަދު ބުންޏެވެ.
އޭނާ އިތުރަށް ބުނީ މިވަގުތުވެސް ކޮންމެވެސް ވަރަކަށް އިންޑިއާގެ ކޮޗީން މަލިކަށް އަދި މަލިކުން ކޮޗީއަށް ދަތުރުތައް ކުރާ ކަމަށާއި ނަމަވެސް އެ ދަތުރުތައް ކުރަނީ ޓެސްޓް ކުރުމަށްފަހުގައި ކަމަށެވެ. އަދި ދާގޮތަށްގޮސް ދަނީވެސް ފުރަބަންދަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް