މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަނަކީ އާންމުކޮށް ރިސޯޓުތަކަށް ޓޫރިސްޓުން ގޮވައިގެން ދަތުރު ކުރުމަށް އޮންނަ ހިދުމަތެކެވެ.
ސީޕްލޭން އޮޕަރޭޓު ކުރާ އެހެން ކުންފުނިތަކުގެ އާންމު ދަތުރުތަކަކީވެސް އެއީއެވެ. ކޯވިޑް-19 އާއި ގުޅިގެން އެ ހިދުމަތް މެދުކަނޑާލިޔަސް ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތަކަށް މަޑު ޖެހުމެއް ނާދެ އެވެ.
އާންމު އުސޫލުން މިހާރު ރިސޯޓުތަކަށް ދަތުރު ކުރަން ޖެހެނީ ޓޫރިސްޓުންގެ ބަދަލުގައި ކަރަންޓީން ކުރަން ގެންދާ މީހުން ގޮވައިގެންނެވެ. އެނޫން އެތައް ދަތުރެއްވެސް ކޯވިޑާއި ގުޅިގެން މޯލްޑިވިއަންގެ ސީޕްލެއިންތަކުން އަންނަނީ ކުރަމުންނެވެ. ރަށްރަށުގައި މީހުން ޕޮސިޓިވްވުމުން މީގެ ކުރިން މާލެ ގެންނަން ޖެހޭއިރު އެ ދަތުރުތައްވެސް ކުރީ މޯލްޑިވިއަން ސީޕްލޭންގައި އެވެ.
ކޯވިޑް-19 ގެ ނުރައްކާތެރި ބިރުވެރި މި މާހައުލުގައި މޯލްޑިވިއަންގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޝުކުރާއި ތައުރީފު ހައްގެވެ. އެ މުވައްޒަފުން އާއިލާ ކައިރިޔަށް ނުދާތާ މަހެއް ވަނީ އެވެ. އެތިބީ ގައުމީ ހިދުމަތުގައި އެވެ.
އެ މުވައްޒަފުން ބުނީ ބަލި މީހުން ގޮވައިގެން ދަތުރު ކުރުމަކީ ބިރުވެރި ކަމަކަށް ވިޔަސް މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. ކެރިގެން ނިކުމެ ތިބީ ގައުމަށް ހިދުމަތް ކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް