ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި މި މަހުގެ ފަހުކޮޅު ގޯސްވެދާނެ ކަމަށް އަންދާޒާ ކުރެވޭއިރު އަތުވެދާނެ ސާޖަކަށާއި މޫސުންވެސް ގޯސްވެދާނެ ކަމަށް ބަލާ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަގުތީ އައިސޮލޭޝަން ފެސިލިޓީތަކަކަށް ބަދަލުކޮށްލުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ތައްޔާރުވަމުން އަންނަނީ ސާޖަކަށް ކަމަށާއި ޓީއެސް އަދި ހިރިޔާގައި ވަގުތީ އައިސޮލޭޝަން ފެސިލިޓީއަކަށް ހަދަނީ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއިވެސް ކައިރި ދެތަނަށް ވާތީ މި ހާލަތުގައި މޫސުން ގޯސްވެދާނެ ކަމަށްވެސް ރިއާޔަތް ކޮށް ކަމަށެވެ.
ޝިފާ ވިދާޅުވީ މި މަސައްކަތް ކުރަމުން އަންނަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓާސްކްފޯސް އާއި ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ މުއައްސަސަތާ ގުޅިގެން ކަމަށެވެ.
"ސާޖެއް އަންނަންވާއިރަށް،ކައިރި ތަނެއް ކަމަށް ބަލާފަ ދަރުމަވަންތަ އައިޖީ ކައިރި ޑޮކްޓަރުންނަށް ފަސޭހަ ގޮތަކަށް، ހިރިޔާ އަދި ތާޖުއްދީން ސްކޫލްވެސް ތައްޔާރުކުރަނީ" ޝިފާ ވިދާޅުވިއެވެ.
ޝިފާ އިތުރަށް ވިދާޅުވީ އެ ދެ ފެސިލިޓީގައިވެސް ފެންވެރޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށާއި ވަކި ކްލާސްރޫމްތައްވެސް ތައްޔާރުކުރަމުން ދާނެ ކަމަށެވެ.
https://twitter.com/MaleCitymv/status/1261952599915474944
ވަގުތީ ހިޔާއެއްގެ ގޮތުގައި މީގެ ކުރިން މި ދެ ސްކޫލް ބޭނުންކޮށްފައިވާއިރު މި ދެ ސްކޫލްގައި ވަގުތީ ހިޔާވެހިކަމުގައި ތިބި ފަރާތްތައް މިހާރު އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައިވާކަމުގައިވެސް ޝިފާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް