ރައީސް ނަޝީދުގެ އުފަންދުވަސް: އެދިލައްވަނީ ހީ ސަމާސަ ކޮށްލަން ދުރުގަ ނުހުރެ މިރޭ އައުމަށް !

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ އުފަންދުވަހު ލިބެމުން އަންނަ ހެޔޮ އެދުންތަކަށް ޝުކުރު ދަންނަވައި ތަފާތު މެސެޖެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފިއެވެ. ޝުކުރުގެ ޓްވީޓާއެކު ދޫކ...

17 May 2020 | 09:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ އުފަންދުވަހު ލިބެމުން އަންނަ ހެޔޮ އެދުންތަކަށް ޝުކުރު ދަންނަވައި ތަފާތު މެސެޖެއް ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފިއެވެ.

ޝުކުރުގެ ޓްވީޓާއެކު ދޫކޮށްލެއްވީ، ކުޑަ އިއްބެއާއި އަޝްރާ ކިޔާފައިވާ "ރޭ ނިދީގައިވެސް ދުށީމޭ" ރީމޭކް އެވެ. މިއީ ކޮންމެވެސް ފަރާތަކަށް ނުވަތަ ބަޔަކަށް އެމަނިކުފާނު ދޫކޮށްލެއްވި މެސެޖެއް ކަމުގައި ބެލެވެއެވެ.

ލަވައިގެ ލިރިކްސް ތިރީގައި އެވަނީއެވެ.

އަޝްރާ: ހާމަ ތާކުވީމާ، ހިތް މަގޭ ރޮނީއޭ

ކުޑަ އިއްބެ: އެންމެނަށް އެނގޭނޭ، ހީވެގެން ރޮނީއޭ

*** ***

އަޝްރާ: ހީ ސަމާސަކޮށްހަދާށެ ބޭނުމީ މިރޭ، މީ ހަގީގަތޭ މި ހިތް އެދޭގޮތޭ މިރޭ

ކުޑައިއްބެ: ލޯބިވީމާ ވާގޮތޭތީ، އާދޭ އާދޭ ދުރުގާ ނުހުރޭ ލޯބިން ހީލީމާ

އަޝްރާ: ހިޔާލްކުރާތީ ރީތި މޫނޭ، އާދޭ އާދޭ ދުރުގާ ނުހުރޭ ލޯބިން ހީލީމާ

*** ***

އަޝްރާ: ރޯޅިއާ އެކީގާ، ދާން ހިނގާށެ އާދޭ

ކުޑައިއްބެ: ޖައްވުގާ ތިބެންހޭ ދާން ކެރޭނެ އާދޭ

އަޝްރާ: ރީތި ރީތި ތަރިތަކާ އެކީ ނަށާނަމޭ

ރީތި ހަނދުވަށާ ހެމުން ހިނގާނަމޭ މިރޭ

ކުޑައިއްބެ: ހިތް އެދޭގޮތް ކިޔާ ދެނީހޭ އާދޭ އާދޭ ދުރުގާ ނުހުރޭ ލޯބިން ހީލީމާ

އަޝްރާ: ހިޔާލް ކުރާތީ ރީތި މޫނޭ އާދޭ އާދޭ ދުރުގާ ނުހުރޭ ލޯބިން ހީލީމާ

https://twitter.com/MohamedNasheed/status/1261946570037014535

މި ލަވަޔާއެކު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިފަދަ ހާލަތަކާ (ކޯވިޑް-19) އަޅުގަނޑުމެން ކުރިމަތިލާފައިވާއިރު ކުރިންވެސް މިފަދަ ހާލަތްތަކާއި އަޅުގަނޑުމެން ވާނީ ކުރިމަތިލާފައި ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ ފަސްޖެހޭނެ ބައެއް ނުން ކަމަށާއި މިކަމާއި ކުރިމަތިލާ ކާމިޔާބު ކުރާނީ އެންމެން ގުޅިގެން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އަޅުގަނޑުމެން އެނބުރި އަންނާނީ އަދި މާ ވަރުގަދަކޮށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

https://www.youtube.com/watch?v=LUdCf10ezlg&t=19s&app=desktop

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް