ރާއްޖޭގައި މަސައްކަތް ކުރާ ތައިލެންޑުގެ148 މީހަކު ފުރުވާލައިފި އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބަންދުކޮށް ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެހެން ލޮކްޑައުން އަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި ބޭރުގައުމުތަކުން ދަނީ ރާއްޖޭގައި މަސައްކަތް ކުރާ އެގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ތައިލެންޑު މީހުން މިގޮތަށް ގެންދަން ބާއްވާ ތިން ވަނަ ފްލައިޓެވެ.
މިއަދު ފުރި ލައިންޑު މީހުން ފުރުވާލީ ތައިލެންޑު ސަރުކާރުން ޗާޓާޑް ކުރި މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ. މީގެ ކުރިން ތައިލެންޑު މީހުން ގެންގޮސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓުގައި އެވެ.
ރާއްޖޭގައި ހުންނަ ތައިލެންޑުގ ކޮންސިއުލޭޓުން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ތައިލެންޑު ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިތުރު ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ ކޮންސިއުލޭޓުގައި ވީހާވެސް ގިނަ މީހުން ރަޖިސްޓްރީވުމަށް އެދިފައިވެ އެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.
ތައިލެންޑުގެ އިތުރުން ޖަޕާނާއި ސްރީލަންކާ، ޕާކިސްތާން އަދި އިންޑިއާގެ އިތުރުން ޗައިނާއިން ދަނީ ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމަށް ޗާޓާޑް ފްލައިޓުތައް ބާއްވަމުންނެވެ.
ކޯވިޑް-19 ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ބޯޑުތައް ހުޅުވޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް