މިހާތަނަށް މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް2.5 މިލިއަން ރުފިޔާ މާލޭ ސިޓީން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތީ މިއަހަރު ފިތުރު ޒަކާތ...

17 May 2020 | 07:42

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް2.5 މިލިއަން ރުފިޔާ މާލޭ ސިޓީން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތީ މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ އޮންލައިންކޮށެވެ. މިއަހަރު ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމެއް ނޯންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ އާންމު ކުރި ހިސާބުތަކުގައި ބުނެފައިވަނީ މި ރަމަޟާން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ގޮތުގައި 2،579،857 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ދުވަހާ އަޅާ ބަލާއިރު 304،392 ރުފިޔާ އިތުރު އަދަދެއް ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ވަނީ 2017 ވަނަ އަހަރުން ފެށިގެން ޒަކާތުގެ ތަފާސް ހިސާބު އާންމުކޮށްފައި އެވެ. އެގޮތުން2017 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 4،452،975 ރުފިޔާ ލިބުނުއިރު 2018 ވަނަ އަހަރު ލިބިފައިވަނީ 4،487،804 ރުފިޔާ އެވެ.2019 ވަނަ އަހަރު ލިބިފައިވަނީ5،651،268 ރުފިޔާ އެވެ.

މާލޭ ސިޓީގެ ރައްޔިތުންނަށް ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް މެދުވެރިކޮށް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަނާއި އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިން "ފައިސާ މޮބައިލް މެދުވެރިކޮށް އަދި ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުން ފައިސާ ދެއްކޭނެ އެވެ.

މިއަހަރު ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ފައިސާ ހަވާލު ކުރާނީ އެމީހެއްގެ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން ރަޖިސްޓަރީވެފައިވަނީ 8،764 މީހުންނެވެ. އޭގެ ތެރެއިން މާލޭގައި ރަޖިސްޓްރީވެފައިވަނީ 1،717 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް