އާންމުކުރީ ކާއެއްޗެހި ކުނިވަންދެން ޖަލު ގޮޅީގައި ބަހައްޓައިގެން ނަގާފައިވާ ވީޑިއޯއެއް

މާފުށީ ޖަލުގައި ގައިދީންނަށް ކާންދެނީ ފުޅައަޅާފައި ހުންނަ ކާނާ ކަމަށް ބުނެ ދައުރުވަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވީޑިއޯއެއް ކަަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ ދައުރުވަމުން...

17 May 2020 | 07:22

މާފުށީ ޖަލުގައި ގައިދީންނަށް ކާންދެނީ ފުޅައަޅާފައި ހުންނަ ކާނާ ކަމަށް ބުނެ ދައުރުވަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވީޑިއޯއެއް ކަަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން އެ މިނިސްޓްރީން އެކަން ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަ ފުޅައަޅާފައިވާ ކާއެއްޗިއްސަކީ ގޮޅިތަކުގައި ތިބޭ ގައިދީންނަށް ކާއެއްޗެހި ގެންގޮސް ދިނުމުން ފޮރުވައިގެން ކުނިވަންދެން ގިނަ ދުވަސްވަންދެން ބަހައްޓައިގެން ނަގާފައިވާ ވީޑިއޯއެއް ކަަމަށެވެ.

އެ މިނިސްޓްރީން ބުނީ ޖަލުން ފޯރުކޮށްދޭ ކާއެއްޗިއްސާއި ގުޅޭގޮތުން މިފަދަ ޝަކުވާއެއް އެއްވެސް ގައިދީއަކު ކޮށްފައި ނުވާ ކަމަށެވެ. އެކަމާއި ގުޅޭގޮތުން ގައިދީންނާއި ސުވާލު ކުރަމުންދާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުުރުން އެ މިނިސްޓްރީގެ އިސްނެގުމަށް މިކަން އިތުރަށް ކަށަވަރު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި ވަނީ ފުޅައަޅާފައިވާ ކާއެއްޗެހި ގައިދީންނަށް ދީފައިވޭތޯ ބެލުމަށް އެދިފަ އެވެ.

https://twitter.com/HomeMinistrymv/status/1261710399289753600

މިފަހަކަށް އައިސް ޖަލުތަކާއި ގުޅޭގޮތުން ގައިދީން ގެންދަނީ ތަފާތު ޝަކުވާތައް ކުރަމުންނެވެ. އަދި ޖަލުތަކުގައި ހަމަނުޖެހުން ހިންގުމާއި އޮފިސަރުންނަށް ހަމަލާ ދިނުމުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައި އެވެ.

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ގައިދީންގެ މި އަމަލުތަކަކީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ވަރަށް ބޮޑު ބުރައެއްގެ ތެރޭގައި ވަނިކޮށް ގަސްދުގައި ގައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެގޮތަށް ޖަލުތައް ހަލަބޮލި ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް