ބަންގްލަދޭޝްގެ 423 މީހަކު ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ423 ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ. އޭގެ ތެރެއިން353 މީހަކު ފޮނުވާލީ އިއްޔެ އޮތް އެގައުމުގެ ގައުމީ އެއާލައިން ބިމާންގެ ފްލައިޓ...

17 May 2020 | 06:56

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ423 ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އޭގެ ތެރެއިން353 މީހަކު ފޮނުވާލީ އިއްޔެ އޮތް އެގައުމުގެ ގައުމީ އެއާލައިން ބިމާންގެ ފްލައިޓެއްގައި އެވެ، މި ފްލައިޓަކީ ރާއްޖެއިން ޗާޓާކޮށްފައިވާ ފްލައިޓެކެވެ.

އަނެއް 70 މީހުން ފޮނުވާލާފައިވަނީ މިއަދު ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓެއްގައި އެވެ. މި އެންމެން ފޮނުވާލާފަމުންދަނީ ބަންގްލަދޭޝްގެ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ކުރެވެމުންދާ މަޝްވަރާތަކުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާއިރު އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް ޕޮސިޓިވްވި557 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައި އެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ތޮއްޖެހިގެން މާލޭގެ ކުދި ކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދިޔަ މީހުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން1،500 މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް އެހެން ވިދާޅުވުމުގެ ކުރިންވެސް ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންގެ ތެރެއިން68 މީހަކު ފޮނުވާލާފައިވެ އެވެ.

އެމީހުން ފޮނުވާލާފައިވަނީ އެ ގައުމުގަިއ ތިބި ރާއްޖޭގެ ދަރިވަރުން ގެންނަން ބޭއްވި އަސްކަރީ މަތިންދާ ބޯޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް