އަދަދުތައް މައްޗަށްޖެހިލައި، މިއަދު 124 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.
އެގޮތުން ރޭގެ ހައަކުން މިރޭގެ ހައަކަށް ޓެސްޓުކުރެވިފައި ވަނީ ޖުުމުލަ 2،503 މީހުންނެވެ. ފައްސިމިވީ އޭގެތެރެއިން 124 މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 78 މީހެކެވެ. ރަށްރަށުން 33 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހަކު ފައްސިވެފައި ވެއެވެ.
މި އަދަދުތަކާއެކު، ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 26،145 އަށް އަރާފައެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 25،85 ގައި ހުރި އިރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 53 މީހަކަށެވެ.
ރާއްޖެއިން މިހާތަނަށް 23،483 މީހުނަށް މިބަލިން ޝިފާލިބިފައި ވާއިރު، މި ބަލީގައި ރާއްޖެއިން 69 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް