ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގަައި ތުއްތު ކުއްޖަކު ވެއްޓުނު މައްސަލައެއް ފެންމަތިވެއްޖެ

މީގެ ފަސް ދުވަސް ކުރިން ވިއްސައި ހދ. ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖަކު ބިންމައްޗަށް ވެއްޓިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުހުންގެ އިހުމާލުން އެ...

17 Apr 2021 | 11:40

މީގެ ފަސް ދުވަސް ކުރިން ވިއްސައި ހދ. ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖަކު ބިންމައްޗަށް ވެއްޓިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުހުންގެ އިހުމާލުން އެ ކުއްޖާ ބިންމައްޗަށް ވެއްޓިފައި ވަނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރުއެވެ.

މި ހަދިސާއާ ގުލިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އޮފް ހެލްތް ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ތަފްސީލް ދިނުމަށް އޭނާ ދެކޮޅު ހެއްދެވިއެވެ.

ތުއްތު ކުއްޖާ ވެއްޓިފައިވަނީ އެންއައިސީޔޫގެ ކުދިން ބާއްވާ ކޮއްޓެއްގެ ތެރެއިންނެވެ. ބޭރު ފުށުން ކުއްޖާއަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

އެހެން ނަމަވެސް، ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އިތުރަށް ޓެސްޓް ހަދަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް