މާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގައި ދެ މީހަކު ވެގެން އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:10 ހާއިރު ކަމަށެވެ. އަދި އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރޭޕްކުރުމާއި ޖިންސީ ގޯނާގެ ވޭދަނަތައް ފަހަކަށް އައިސް ދިވެހިރާއްޖޭގައި ވަނީ އިތުރުވެފައެވެ. ނަމަވެސް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބޭތަނެއް ނުފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް