ބާޒާރުމަތީގައި ކަނޑޫދޫ މިރުސް ތިޔާގިވެ އަގު ތަންކޮޅެއް ދަށްވެއްޖެއެވެ.
އެގޮތުން މިއަދު ބައެއް ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް 20 ރުފިޔާއަށް ހުރި އިރު މިރުސް ކިލޯއެއް 150 އަށްވެސް ލިބެން އެބަހުއްޓެވެ.
ނަމަވެސް ބައެއް ގޮޅިތަކުގައި އަދިވެސް ކިލޯއެއް 350 އަށްވެސް ލިބެން ހުރިއިރު އެންމެ އަގުބޮޑު ކޮށް ލިބެން ހުރި ގޮޅިތަކުގައި 100 ގްރާމް ވިއްކަނީ 30 ރުފިޔާ، 35 ރުފިޔާއަށެވެ.
މި އަގުތަކަކީ މި ރަމަޟާން މަސް ފެށުނު އިރަށްވުރެ ހެޔޮ އަގުތަކެކެވެ. ރަމަޟާން މަސް ފެށުނު އިރު ކަނޑޫދޫ މިރުސް ކިލޯއެއް 450 އަށްވެސް ވިއްކިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް