މިއަދު އަވަހާރަވި ނާއިލާ ކޮވިޑަށް ފައްސި

މިއަދު އަވަހާރަވި ނާއިލާ ކޮވިޑަށް ފައްސިވެއްޖެއެވެ. މިކަން އެޗްޕީއޭއިން އަދި ކަށަވަރުކޮށްފީފައެއް ނުވެއެވެ. ނަމަވެސް ނާއިލާ ކޮވިޑަށް ފައްސިވެފައިވާކަން ދާދި ދެއްމެއަކު އެނގިފައިވާކަމަށް 'ވަގުތު.އެމްވީ...

17 Apr 2021 | 08:39

މިއަދު އަވަހާރަވި ނާއިލާ ކޮވިޑަށް ފައްސިވެއްޖެއެވެ.

މިކަން އެޗްޕީއޭއިން އަދި ކަށަވަރުކޮށްފީފައެއް ނުވެއެވެ. ނަމަވެސް ނާއިލާ ކޮވިޑަށް ފައްސިވެފައިވާކަން ދާދި ދެއްމެއަކު އެނގިފައިވާކަމަށް 'ވަގުތު.އެމްވީ' ގައި ވެއެވެ.

ނާއިލާ އަކީ ކުރީގެ ކުޅިވަރު މިނިސްޓަރު އަދި ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުންނެވެ.

ނާއިލާއަކީ ގިނަ ފަރާތްތަކަކަށް އުނގަންނައި ދެއްވި މުދައްރިސެކެވެ. އޭނާގެ ފަރާތުން ދަރިވަރުވެފައިވާ މީހުން މިހާރު ރާއްޖޭގެ އެކި ދާއިރާ ތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.

ކިޔަވައިދިނުމުގެ އިތުރުން، ނާއިލާ އަކީ މޮޅު ކެއްކުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކެއްކުމާ ބެހޭ ފޮތް ލިޔެ، ނެރުއްވާފައެވެ. އޭގެތެރޭގައި "ޒީނާރު" ހިމެނެއެވެ.

ނާއިލާ އަވަހާރަވި ހަބަރު ލިބުމުން ގިނަ ބަޔަކު އަންނަނީ އެ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް