އޭޕްރީލް މަހުގެ ކުރީކޮޅު، ދައުލަތަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ

އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާ ނިމުނު އިރު އާމްދަނީގެ ގޮތުގައި ދައުލަތަަށް ލިބިފައި ވަނީ ފަސް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ. ތަފާސްހިސާބުތަ...

17 Apr 2021 | 08:16

އޭޕްރިލް މަހުގެ ފުރަތަމަ ހަފުތާ ނިމުނު އިރު އާމްދަނީގެ ގޮތުގައި ދައުލަތަަށް ލިބިފައި ވަނީ ފަސް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 5,076.4 މިލިއަން ރުފިޔާ ލިބިފައެވެ. މިއަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބިފައި ވަނީ 4,026 މިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 995.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން، ތަފާސްހިސާބުތައް ދައްކާގޮތުން، ގްރާންޓްސްގެ ގޮތުގައި 55 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން 7,093.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 5,274.3 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,819.5 މިލިއަން ރުފިޔާއެވެ.

ލޯނު ރިޕޭމެންޓްގެ ގޮތުުގައި މިއަހަރުގެ މިހާތަނަށް 293.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 784.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް