ދުވަހުގެ ރެސްޓޯރެންޓް: ކިންގްސް ކޯނަރ

ދުވަހުގެ ރެސްޓޯރެންޓްގެ މިއަދުގެ ސެގްމަންޓްގައި ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދެނީ މާލޭގައި ވަރަށް މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ކިންގްސް ކޯނަރ ރެސްޓޯރެންޓްގެ ރޯދަވީއްލުމެވެ. ރައްޔިތުންގެ މަ...

17 Apr 2021 | 07:32

ދުވަހުގެ ރެސްޓޯރެންޓްގެ މިއަދުގެ ސެގްމަންޓްގައި ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދެނީ މާލޭގައި ވަރަށް މަޝްހޫރު ރެސްޓޯރެންޓެއް ކަމުގައިވާ ކިންގްސް ކޯނަރ ރެސްޓޯރެންޓްގެ ރޯދަވީއްލުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ހަކުރާ ގޯޅީގައި ހުންނަ ކިންގްސް ކޯނަރ ރެސްޓޯރެންޓްގެ މެނޫއަށް މި ހިސާބުން ބަލާލާނަމެވެ.

ހަފްތާގެ ހަތް ދުވަހަށް ވަކި ސެޓްމެނޫތަކެއް ހިމަނާފައިވާއިރު ކަދުރުން ފެށޭ ރޯދަވީއްލުން ކަރާ ފަނީގެ އިތުރުން އިތުރު ފްރެޝް ޖޫސްތައް ހިމަނާފައިވެއެވެ. ހެދިކާގެ އިތުރުން ރޮއްޓާއި މަސްހުނި ހިމަނާފައިވެއެވެ.

މެއިން ޑިޝްތަކަށް ބަލާއިރު ނާން އާއި ހައިދުރަބާދީ ޗިކަން ބިރިޔާނީ، ގާލިކް ފްރައިޑް ރައިސް، ހޮޓް ޓޫނާ ޕާސްތާ ހިމެނެއެވެ.

މީގެ އިތުރުން ބަޓަރ ޗިކަން މަސާލާ، ޗިލީ ކިކަން، ދާލް ފްރައި، ސްކްރޭމްބަލްޑް އެގްސް އާއި ގްރީން ސެލަޑް ވެސް ހިމަނާފައިވެއެވެ.

ޑެޒަޓްގެ ގޮތުގައި ފްރުޓް ކަސްޓަޑާއި ތާޒާ މޭވާ ހިމަނާފައިވާއިރު ނިންމާލުމަށް ސައި ނުވަތަ ކޮފީ ހިޔާރު ކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ.

ކިންގްސް ކޯނަރ ގެ ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 190 ރުފިޔާއެވެ. ބުކިން ހެއްދެވުމަށް 3315556 ނުވަތަ 7505556 ނުވަތަ 7778960 އަށް ގުޅާލުމުން ބުކިން ހަދައިދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް