ކުރީގެ ކުޅިވަރު މިނިސްޓަރު އަދި ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.
ނާއިލާއަކީ ގިނަ ފަރާތްތަކަކަށް އުނގަންނައި ދެއްވި މުދައްރިސެކެވެ. އޭނާގެ ފަރާތުން ދަރިވަރުވެފައިވާ މީހުން މިހާރު ރާއްޖޭގެ އެކި ދާއިރާ ތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.
ކިޔަވައިދިނުމުގެ އިތުރުން، ނާއިލާ އަކީ މޮޅު ކެއްކުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކެއްކުމާ ބެހޭ ފޮތް ލިޔެ، ނެރުއްވާފައެވެ. އޭގެތެރޭގައި "ޒީނާރު" ހިމެނެއެވެ.
ފަސްޓްލޭޑީ ފާތުމަތު ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާއިލާ އަވަހާރަވި ހަބަރު ލިބިވަޑައިގަތުމުން "ބަސް ހުއްޓިފައިވާ" ކަމަށެވެ.
ނާއިލާ އަވަހާރަވި ހަބަރު ލިބުމުން ގިނަ ބަޔަކު އަންނަނީ އެ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް