ޒަމާން ތަކަކަށްފަހު އަލް އަގްސާ މިސްކިތުގައި ރެކޯޑް އަދަދަކަށް ހުކުރު ނަމާދު ކޮށްފި

ގުދުސްގެ، އަލް އަގްސާ މިސްކިތުގައި ޒަމާންތަކަކަށްފަހު ރެކޯޑް އަދަދަކަށް މުސްލިމުން ހުކުރު ނަމާދުކޮށްފިއެވެ. އެގޮތުން މީޑިއާ ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ އަލް އަގްސާ މިސްކިތުގައި 70 ހާހަށްވުރެ ގިނަ ...

17 Apr 2021 | 06:50

ގުދުސްގެ، އަލް އަގްސާ މިސްކިތުގައި ޒަމާންތަކަކަށްފަހު ރެކޯޑް އަދަދަކަށް މުސްލިމުން ހުކުރު ނަމާދުކޮށްފިއެވެ.

އެގޮތުން މީޑިއާ ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ އަލް އަގްސާ މިސްކިތުގައި 70 ހާހަށްވުރެ ގިނަ މުސްލިމުން ހުކުރު ނަމާދުކޮށްފައިވެއެވެ. މިއީ ކޮވިޑު ފެތުރެން ފެށިފަހުން މިހާބޮޑަށް އަލް އަގްސާ ހުޅުވާލެވިގެން ކުރި ފުރަތަމަ ހުކުރު ނަމާދުކަންވެސް ފާހަގަކުރެވެއެވެ.

ބަސްތައް ފުރައި މިސްކިތައް މުސްލިމުން ޖަމާވުމަށް ދަތުރުކުރަމުން ދިޔުމާ ގުޅިގެން ފުލުހުން ވަނީ ބައެއް މަގުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް، އެ އެންމެން ވެސް ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް މަސްޖިދުލް އަޤުޞާއަށް އެހެން މިސްކިތްތަކުގެ މައްޗަށް މާތްކަން ލިބިގެންވެއެވެ. ފަހެ އެންމެހާ މިސްކިތްތަކުގެ ތެރެއިން އެންމެ މާތް މިސްކިތަކީ މަސްޖިދުލް ޙަރާމްއެވެ. އެއަށްފަހު މަސްޖިދުއް ނަބަވީއެވެ. އެއަށް ފަހު މަސްޖިދުލް އަޤުޞާއެވެ.

މި ތިންމިސްކިތަކީ އެ މިސްކިތްތަކުގައި އަޅުކަންކުރުމަށްޓަކައި ދަތުރުކުރުން ޝަރުޢުކުރެއްވި ތިން މިސްކިތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް