ޤައުމުން ބޭރުން އުމްރާވާން އަންނަ ފަރާތްތަކަށް އައު ގަވާޢިދުދަތެއް ސައުދީއިން އެކުލަވާލައިފިއެވެ. އެއީ ކޮވިޑުން ރައްކާތެރިވާން، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ޤަވާޢިދުތަކެކެވެ.
ސައޫދީ އަރަބިއްޔާގެ ހައްޖާއި ޢުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީންވަނީ އުސޫލުތަކެއް އެކަށައަޅާފައެވެ. އެއީ އުމްރާވާ ފަރާތްތަކުން އެކަންކަމަށް ތަބަޢަވާންޖެހޭ ކަންކަމެވެ. ކޮވިޑްގެ ހާލަތުގައި އެ ގައުމުގެ ހެލްތް މިނިސްޓްރީން ކަންކަން ކުރަމުންދާ އުސޫލުގެ ދަށުން، މާރިޗް މަހުން ފެށިގެން އުމްރާވާ ފަރާތްތަކުން ސައޫދީއަށް ދާން ފަށައިފިއެވެ.
އުމްރާ ކުރުމާއި ގެފުޅަށްގޮސް ނަމާދު ކުރުމުގެ ހުއްދަ، އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ކުރިއާލާ ރިޒާވް ކުރެވޭނެ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފައެވެ. އެއީ 'ތަވައްކަލްނާ' އަދި 'އިއްތަމަރްނާ' އެޕްލިކޭޝަންގެ އަދާހަމަ ކުރެވިފައިވާ އެޕްލިކޭޝަނުންނެވެ.
ރަމަޟާން މަހުގައި އުމްރާވާން ފާސް ދޫކުރާނީ، އެންމެ އުމްރާއެއް ވުމަށް ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. ސައުދީގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، ގެފުޅުގައި ފަރުޟު ފަސް ނަމާދު ކުރުމުގެ ހުއްދަ އެ ގައުމުގެ ހެލްތް މިނިސްޓްރީން ހޯމަ ދުވަހު ދޫކުރަން ފަށާނެއެވެ.
އެހެން އަކަރުތަކާ ޚިލާފަށް، ދެ ހަރަމްފުޅުގައި މިފަހަރު ތަރާވީޙް ނަމާދު ކުރާނީ ކުރުކޮށެވެ.
ކޮވިޑް 19 އާ ގުޅިގެން މިދިޔަ އަހަރު، އެ ގައުުމުގައި ތިބި މީހުން ފިޔަވައި އެހެން މީހުންނަށް ހައްޖާއި އުމްރާ ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިދިޔަ އަހަރު އެ ފުރުސަތު ގެއްލުނު ފަރާތްތަކަށާއި، މިއަހަރު ދާން ބޭނުންވާ ފަރާތްތައް ތިބޭނެކަމުން، އުމްރާއަށް ދާ މީހުން ގިނަވާނެ ކަމަަށް ލަފާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް