އެނގޭތަ؟ ދިޔާނާއާއެކު އަތްގާތްކޮށްދޭން ޖާބިރު ވެސް ބަދިގޭގައި އުޅޭ!

ރޯދަ ވީއްލާނާ ކާބޯތަކެތި ތައްޔާރުކުރަން އަނބިކަނބަލުންނާ އެކު ބަދިގޭގައި އުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދު ﷲ ޖާބިރު ވިދާޅުވެއްޖެއެެވެ. މަޝްހޫ...

17 Apr 2021 | 04:51

ރޯދަ ވީއްލާނާ ކާބޯތަކެތި ތައްޔާރުކުރަން އަނބިކަނބަލުންނާ އެކު ބަދިގޭގައި އުޅުއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދު ﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދު ﷲ ޖާބިރު މިހެން ވިދާޅުވީ، އޮންލައިން ނޫހެއްގެ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އެ ޕްރޮގުރާމްގައި ޖާބިރު ވިދާޅުވީ އަނބިކަނބަލުން ދިޔާނާ ސައީދާއި އެކު ރޯދަ ވީއްލާ އެއްޗެހި ތައްޔާރު ކުރުމުގައި އޭނާ ވެސް އުޅުއްވާ ކަމަށެވެ.

މިސާލަކަށް ޖާބިރު ވިދާޅުވީ ދިޔާނާ ބަޖިޔާ ހައްދަވާ އިރު މަސްހުނިގަނޑު މޮޑުމުގައި އޭނާ އެހިތެރިވެދޭ ކަމަށެވެ. އަދި ބާޒާރުކޮށްދީ ވެސް އުޅެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާއަށް އެންމެ މީރު ކެއުމަކީ ދިޔާނާ ތައްޔާރު ކުރާ ބަޖިޔާ ކަމަށެވެ. އެހެން ވިޔަސް ހެދިކާއަށް ވުރެ ބޮޑަށް ރޯދަ ވީއްލާ ވަގުތު ކައި އުޅެނީ ރޮށްޓާއި ރިހަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް