"ރ. ވާދޫ"ގެ ނަމުގައި ހަދާފައިވާ އިންސްޓާގްރާމް އެކައުންޓެއްގައި ޕޯސްޓްކޮށްފައިވާ މި ވީޑިއޯ ޓިކްޓޮކް އަދި ޓްވިޓާއަށް އަށް ދޫކޮށްލީ ވަރަށް ފުޅާ ދާއިޜާއެއްގައި އެ ރަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރަމުން އަންނަ މަންސައެއް ކަމަށްވާ ރ. ވާދޫ ޓުއާރސްއިންނެވެ. މި ވީޑިއޯ ޓިކްޓޮކްއަށް ދޫކޮށްލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވީޑިއޯއަށް ހުޢްޓުނެވެ.
މި ވީޑީއޯއިން ފެންނަނީ އާންމު ގޮތެއްގައި ވެލާ ކަހަނބު ބިސްއެޅުމަށް އެ ރަށަކަށް އަރައިއުޅޭ، ރ. ވާދޫ ގޮނޑު ދޮށުގައި ވެލައެއް ބިސްއަޅާ މަންޒަރެވެ. ބިސްވަޅަށް ބިސްތައް އަޅަމުންދިޔަ މަންޒަރު ވަރަށް ކައިރިން ވީޑިއޯގައި ފެނެއެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނީ އެހެންވެއެވެ.
މި ވީޑިޢޯއާއެކު ވާދޫ ޓުއާރސްގެ ޓިކްޓޮކް އެކައުންޓަށް ގިނަ ބަޔަކު ފޮލޯކޮށްފައި ވެއެވެ. ޓިކްޓޮކުން މި ވީޑިއޯ މިހާތަނަށް 7000 އަށް ވުރެ ގިނަ މީހުން ބާލާފައި ވެއެވެ. އަދި ޓްވިޓާގައި ވެސް ގިނަ ބަޔަކު ވަނީ ވީޑިއޯ ބަލައިފައެވެ.
ރ. ވާދޫ އިޝްތިހާރު ކުރުމާއި ޕްރޮމޯޓްކުރުމަށް އެކި ނަންނަމުގައި އެ ރަށު ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
https://www.tiktok.com/@vaadhootours/video/6951683445684800769?
ރ. ވާދުއަކީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މާލޭގެ އުތުރުން 120 މޭލު ދުރުގައި އޮންނަ ވާދުއަކީ 44 ހެކްޓަރުގެ ރަށެކެވެ. ފަޅު ބޮޑު މިރަށުގެ ފަޅުގެ ބޮޑުމިނުގައި 600 ހެކްޓަރު ހުރެއެވެ. ފަޅުގެ ދިގު މިނުގައި 3.41 މޭލު ހުރެއެވެ.
މީގެ އަށެއްކަ އަހަރު ކުރިއަށް ބަލާ ނަމަ، ފަތުރުވެރިންނަށް ރ. ވާދޫ މާ ހާއްސައެއް ނޫނެވެ.
އެކަމަކު އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލައި، ނޫކުލައިން ވިދާ ބަބުޅަނިކޮށް 2013 ގައި، ބޭރުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއަކުން ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން އެ ރަށަށް ހުއްޓުނެވެ. ދުނިޔޭގައި މަދުން ފެންނަ، ގުދުރަތީ މި އަޖައިބު ދެކިލުމަށް އޭރުއްސުރެ ވާދުއަށް މީހުން ދިޔައީ ފާރަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް