ދޫދެވިއްޖެ، މިރޭން ފެށިގެން ޖޫރިމަނާވެސް ކުރާނެ، ހައްޔަރުވެސް ކުރާނެ: ކޮމިޝަނަރ އޮފް ޕޮލިސް

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން ހާލަތުގައި ހުއްދަ ނެތި މަގުމަތީގައި އުޅޭނަމަ ފުރަތަމަވެސް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާ ކަމަށާއި ދެން ކުރާނީ ހައްޔަރު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހ...

17 Apr 2020 | 16:46

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން ހާލަތުގައި ހުއްދަ ނެތި މަގުމަތީގައި އުޅޭނަމަ ފުރަތަމަވެސް ކުރާނީ 1000 ރުފިޔާއިން ޖޫރިމަނާ ކަމަށާއި ދެން ކުރާނީ ހައްޔަރު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކުއްލިއަކަށް ލޮކްޑައުން އައުމުން ފުލުހުން މިހާތަނަށް ދޫދީފައިވާނެ ކަމަށެވެ. ނަމަވެސް މިރޭ 08:30 އިން ފެށިގެން އެކަން ދެން ބަދަލުވީ ކަމަށް ބުނެފައިވެއެވެ.

ސީޕީ ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރުމަށްފަހު ދެވަނަ ފަހަރަށް ހައްޔަރުކުރާނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބާބުގެ ދަށުން ކަމަށެވެ.

މިރޭ 08:30 ގެ ކުރިން ގެތަކަށް ވަނުމަށް ފުލުހުން މިރޭ އިރާކޮޅު އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް