އެން ހިފަން ފުޅި އަޅައިގެން ފޭބި ދިވެއްސަކު ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެން ހިފަން ފުޅި އަޅައިގެން ފީނަން ފޭބި މީހެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން، މަސްވެރިކަން ކުރަން އުޅުނު "އަސްދަން" ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެންހިފަން ފީނި ދިވެއްސެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 08:12 ހާއިރު ކަމަށެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް