އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު މައިމޫނާއަށް ދީފި

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު ގަވާއިދެއްގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ދީފިއެވެ. މި ގަވާއިރު މިހާރު ގެޒެޓްކޮށ...

17 Apr 2020 | 15:33

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު ގަވާއިދެއްގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ދީފިއެވެ.

މި ގަވާއިރު މިހާރު ގެޒެޓްކޮށްފައިވާއިރު ބުނެފައިވަނީ މި ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން އާޏްމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަމަށެވެ.

އެ ގަވާއިދަކީ އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތު ރައްކާތެރިކޮސް ދެމެހެއްޓުމައްޓަކައި، ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމުކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމ ގުޅޭގޮތުން އެ ގާނޫނުގެ 82 ވަނަ މާއްދާގެ (ނ)ގެ ދަށުން އެކުލަވާލި ގަވާއިދެއް ކަމަށް ބުނެފައިވެއެވެ.

ނަން ހާމަކުރަންވާނީ އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި އެ މަގުސަދު ހާސިލކުރެވޭ މިންވަރަށް އެކަނި ކަމަށާއި އަލަށް ތައާރަފްވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިޔަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖްތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކާތެރިކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އާންމުކޮށް ހާމަކުރެވިދާނެކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް