އަދިވެސް އަތޮޅު ތެރޭގެ ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ޖެހޭނެ: މިނިސްޓްރީ

މިއަދު ހަވީރު6:00 ން ފެށިގެން އެއް ރަށުން އަނެއް ރަށަށް މީހުން ދިޔުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މަނާ ކުރެއްވި ކަމަށް ވިޔަސް އަތޮޅު ތެރޭގެ ރަށްރަށުގައި ނަމާދު ކުރަން ޖެހޭނީ ޖަމާއަތުގައި ...

17 Apr 2020 | 13:20

މިއަދު ހަވީރު6:00 ން ފެށިގެން އެއް ރަށުން އަނެއް ރަށަށް މީހުން ދިޔުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މަނާ ކުރެއްވި ކަމަށް ވިޔަސް އަތޮޅު ތެރޭގެ ރަށްރަށުގައި ނަމާދު ކުރަން ޖެހޭނީ ޖަމާއަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިވަގުތު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާ ނުލާ ކުރިޔަށް ގެންދަން އަންގާ ކަމަށެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާނީ ކޯވިޑް-19 އާއި ގުޅޭ ކޭސް އަކާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި އެވެ.

އެ ހާލަތުގައިވެސް ޖަމާއަތުގައި ނަމާދު ކުރަން ޖެހިއްޖެ ކަން އިސްލާމިކް މިނިސްޓްރީން އެ ރަށްތަކަށް އަންގާނެ ކަމަށް ބުނެފައިވެ އެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ހއ. ވަށަފަރު، ތ. މަޑިފުށި އަދި އައްޑޫ ސިޓީ ހިތަދޫ އެވެ.

ޖަމާއަތުގައި ނަމާދު ކުރުމާއި ގުޅޭ އެއްވެސް އެންގުމެއް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުނެރުއްވަ އެވެ. މިހާތަނަށް ދީނީ އަޅުކަމަކާއި ގުޅޭ ގޮތުން ފިޔަވަޅެއް އަޅަން ޖެހޭނަމަ ގޮތް ނިންމަނީ އިސްލާމިކް މިނިސްޓްރީންނެވެ.

އެގޮތުން އެ މިނިސްޓްރީން ވަނީ މާލެ ސަރަހައްދާއި، ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އެވެ.

https://twitter.com/MVIaffairs/status/1251134611905605632

އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ މިއަދު ހަވީރު6:00 ން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރަށްރަށުގައި މަގުމަތީގައި ގިނަ މީހުން އެކުގައި އުޅުމާއި އެއްތަނަކަށް އެއްވެ ތިބުމަކީ މަނާ ކަމެއް ކަމަށެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރު މިހާތަނަށް28 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި13 ދިވެއްސަކު ހިމެނޭއިރު އަށް މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް