ގުޅުންނެތް ގޮތުގައި މިއަދު ޕޮސިޓިވްވީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން

މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ގުޅުން ނެތް ދެމީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މާލެއިން މިހާތަނށް އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއ...

17 Apr 2020 | 11:49

މިއަދު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ގުޅުން ނެތް ދެމީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މާލެއިން މިހާތަނށް އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ހަ މީހުންނަކީ އެކަކު އަނެކާއި ގުޅިފައިވާ މީހުންނެވެ.

މިއަދު މެންދުރު ފަހު ކުއްލިއަކަށް އެޗްޕީއޭއިން ވަނީ މާލެއިން ކޭސް27 އަދި28 ގެެ ގޮތުގައި ދެމީހަކު ޕޮސިޓީވްވެފައިވާކަން އިއުލާނު ކޮށްފައި އެވެ.

އެ އެޖެންސީން ބުނީ އެ ދެމީހުންނަކީ އާންމު އުސޫލުން ރޯގާގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުންނަކީ އެއްވެސް ޕޮސިޓިވް މީހަކާއި އަދި އެ ދެމީހުން ދެމީހުންނަށްވެސް ދަންނަ ބައެއްނޫންކަމަށެވެ.

އެހެންވެ މިހާރު އެމީހުންނަށް ބަލި ޖެހުނު ގޮތް ދެނެގަތުމާއި، ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ. އެ ދެމީހުން މިހާރު ވަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައި އެވެ.

މިހާތަނަށް ރާއްޖެއިން28 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު13 މީހުންނަކީ ދިވެހިންނެވެ. އޭގެ ތެރެއިން އަށް މީހުން ޕޮސިޓިވްވީ މާލެއިން ނެވެ. އަނެއް ފަސް މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް