ފިހާރަތަކަށް 24 ގަޑިއިރު ޑެލިވަރީ ކުރެވޭނެ ކެފޭ ރެސްޓޯރެންޓްތަކަށް ހެނދުނު 08 އިން ރޭގަނޑު 11 އަށް

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ ކުރެވޭނެ ވަގުތު އިތުރު ކޮށްފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ މިހާރު ފިހާރަތަކަށް (ހޯލްސޭ...

17 Apr 2020 | 11:12

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކުން ޑެލިވަރީ ކުރެވޭނެ ވަގުތު އިތުރު ކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ މިހާރު ފިހާރަތަކަށް (ހޯލްސޭލް/ރީޓެއިލް) 24 ގަޑިއިރު ޑެލިވަރީ ކުރެވޭނެ ކަމަށެވެ. އަދި ހޮޓާ/ކެފޭ/ރެސްޓޯރެންޓް އަދި ފުޑް ޑެލިވަރީ ކުރާ ފަރާތްތަކަށް ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ޑެލިވަރީ ކުރެވޭނެ ކަމަށެވެ.

މި ބަދަލު ގެނެސްފައިމިވަނީ ލޮކްޑައުން ހާލަތުގައި ޑެލިވަރީ ކުރުން ތަންތަނުން ލަސްވެ އެކަމާ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު މި ބަދަލު ގެނައިނަމަވެސް ފަހުން މިގަޑިތައް ބަދަލުވުން އެކަށީގެންވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް