ރަށު ބަންދުގައި ތިއްބަސް މަހަށް ފުރޭނެ، އެކަމަކު އެހެން ރަށަކަށް ގޮސްގެން ނުވާނެ: މިނިސްޓްރީ

ކޯވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދު ހަވީރު ހަޔަކުން މުޅި ރާއްޖެއަށް ރަށު ބަންދު ހާލަތު އިއުލާނުކުރި ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ ކަމުގައި ފި...

17 Apr 2020 | 07:19

ކޯވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދު ހަވީރު ހަޔަކުން މުޅި ރާއްޖެއަށް ރަށު ބަންދު ހާލަތު އިއުލާނުކުރި ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ.

"މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއް. އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއް" ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްޞީލު ފޯރުކޮށްދެއްވާނެ ކަމަށާއި އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް