ރާއްޖޭގައި ވައިރަސް ފެތުރުނީ އަމިއްލަ އިހުމާލުން: ރައީސް މައުމޫން

ނުރައްކާތެރި ކޮރޯނާ ވައިރަސް އާންމުންގެ ތެރޭގައި ފެތުރިގެން މިދިޔައީ އަމިއްލަ އިހުމާލުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ކޯވިޑް-19 އަށް މާލެއިން ފުރަތަމަ މީހާ ޕޮސިޓި...

17 Apr 2020 | 06:45

ނުރައްކާތެރި ކޮރޯނާ ވައިރަސް އާންމުންގެ ތެރޭގައި ފެތުރިގެން މިދިޔައީ އަމިއްލަ އިހުމާލުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އަށް މާލެއިން ފުރަތަމަ މީހާ ޕޮސިޓިވްވީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން އެމީހާ އާއި ގުޅުން ހުރި ހަތަރު މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އެޗްޕީއޭއިން ވަނީ މިހާރު ރާއްޖޭގައި ކޯވިޑް-19 ގައިން ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ފެތުރެމުންދާ ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާއި ކޯވިޑް ފެތުރެން ފެށީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ކަމޭ ނުހިތުމުން ކަމަށެވެ. އަދި މިއީ އަމިއްލަ އިހުމާލުން ވީ ކަމެއް ކަމަށެވެ.

މިއީ ހިތާމަ ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް މައުމޫން ވިދާޅުވެފައިވަނީ ދެންވެސް ގޭގައި ތިއްބެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އަދި ޖިސްމާނީ ގައިދުރު ކަން ހިފެހެއްޓުމަށް އިލްތިމާސް ކުރެއްވި އެވެ.

https://twitter.com/maumoonagayoom/status/1251033964871061505

ރޭ އެޗްޕީއޭއިން ބުނީ މާލެއިން ފުރަތަމަ ބަލި ޖެހުނު މީހާ ގައިން އެހެން މީހުންނަށް ބަލި އަރާފައިވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ބައިވެރިވެގެން ގިނަ އަދަދެއްގެ އެއްވުންތަކެއް ބާއްވާފައިވާތީ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީ ކުރުމާއި، މަސްދަތުރު ދިޔުމާއި މަގުމަތީގައި ބުރުޖެހުން ފާހަގަ ކުރި އެވެ.

މިހާތަނަށް ޕޮސިޓިވްވި ފަސް މީހުންގެ ތެރެއިން ފުރަތަމަ ޕޮސިޓިވް ވި ތިން މީހުންނާއި ގުޅުން ހުރި83 މީހުންނަކީ ބަލި ޖެހިފައިވާ ކަމުގެ ނުރައްކާތެރިކަން އޮތް މީހުން ކަމަށެވެ. ފަހުން ޕޮސިޓިވްވި ދެމީހުންނަކީ އޭގެ ތެރެއިން ދެމީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް