ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާދަމާ ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދިއުން މަނާކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިމިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫކުރު ސޮއި ކުރައްވާ ދެންމެ ނެރުއްވި އެންގުމެއްގައެވެ.
އަންގާފައިވަނީ މާދަމާ ހަވީރު 6 އިން ފެށިގެން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުން ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަސަށް ދަތުރުކުރުން ހުއްޓައިލުމަށާއި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސް ކުރުމަށެވެ.
ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި ވަކިން ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުން ބޭއްވުމާއި، ދަތުރު ދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖްތިމާއީ އެނޫން ހަރަކަކާތްތައްވެސް ހުއްޓާލުމަށް އަންގާފައިވެއެވެ.
ބަލިން ރައްކާތެރިވުމަށް، ،ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް އަމަލުކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިޒޯޓުތަކުންނާއި ސަފާރީތަކުންނާއި ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޯވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް އެންގުމަށްވެސް އަންގާފައިވެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް