ތަރައްޤީގެ ބާރު ދުވެލީގައި މަހިބަދޫގައި އައު އިންޖީނުގޭގެ ބިންގާ އަޅައިފި

އދ. މަހިބަދޫގައި އަޅަން ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅާއިފިއެވެ. މި އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސިޓީއެއް ބިލްޑް ކުރެވޭ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ ރާއްޖޭގައި އަޅާ އެންމެ ފެނ...

17 Mar 2021 | 18:53

އދ. މަހިބަދޫގައި އަޅަން ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅާއިފިއެވެ.

މި އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސިޓީއެއް ބިލްޑް ކުރެވޭ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ ރާއްޖޭގައި އަޅާ އެންމެ ފެންވަރުގެ ޒަމާނީ އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެ ތަނެކެވެ.

މި އިންޖީނުގެ އިމާރާތް ކުރެވޭނީ މިހާރުވެސް އިންޖީނުގެ ހުރި ތަނުގައި، ބާ އިންޖީނުގެ ތަޅާލުމަށް ފަހުގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން މިހާރު ހުރި އިންޖީންގެ ވަގުތީ ތަނަކަށް ބަދަލު ކުރާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މަހިބަދޫގާ އަލަށް އަޅާ އިންޖީން ގެއަކީ، ދުރު މުސްތަގުބަލަށް ވިސްނައި، ފަސް މެގަވޯޓްގެ، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށް ވެގެންދާނެއެވެ.

މި އިންޖީންގެއަށް ކަރަންޓް އުފައްދައިދޭނީ، އިންޖީންގޭގައި ހަރުކުރާ ސޯލާ ޕެނަލް ތަކުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

މިއަދު ހެނދުނު އދ. މަހިބަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް