ރިޓަޔަރކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަރޝިޕުން ބައްދަލުކުރައްވައިފި

ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ. ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް...

17 Mar 2021 | 18:33

ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރަށްޤީއަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް އަދި ޕްލޭންތަކާ ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް އަރުވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

https://twitter.com/CDFofMNDF/status/1372175691232333828

މިބައްދަލުކުރެއްްވުމާއި ގުޅޭގޮތުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާއެކު މުހިއްމު ކަންތައްތަކުގައި ޚިޔާލުބަދަލުކުރެއްވިފައިވާކަމަށާއި، އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް