ދުނިޔޭގެ އެންމެ ވަރުގަދަ މުވާސަލާތީ ޚިދުމަތްދޭ 40 ބްރޭންޑްގެ ތެރޭގައި އޫރިދޫ ގްރޫޕް މުޅިން އަލަށް ހިމެނިއްޖެ!

ދޯހާ، ގަތަރު: ދުނިޔޭގެ ގަދަ 50 ވަނަ މުވާސަލަތީ ޙިދުމަތް ފޯރުކޮށްދޭ ބްރޭންޑްތަކުގެ ތެރެއިން މިދިޔަ އަހަރުގެ 41 ވަނަ ދަރަޖައިގަ މިދިޔަ އަހަރު އޮވެ 1 ދަރަޖަ ކުރިޔަށް ޖައްސައި 40 ވަނަ ދަރަޖައަށް އޫރިދޫ ގް...

17 Mar 2021 | 18:01

ދޯހާ، ގަތަރު: ދުނިޔޭގެ ގަދަ 50 ވަނަ މުވާސަލަތީ ޙިދުމަތް ފޯރުކޮށްދޭ ބްރޭންޑްތަކުގެ ތެރެއިން މިދިޔަ އަހަރުގެ 41 ވަނަ ދަރަޖައިގަ މިދިޔަ އަހަރު އޮވެ 1 ދަރަޖަ ކުރިޔަށް ޖައްސައި 40 ވަނަ ދަރަޖައަށް އޫރިދޫ ގްރޫޕުން އަރައިފިކަން ބްރޭންޑް ފިނޭންސް ޓެލެކޮމް 150 ގެ 2021 ރިޕޯޓުން ކަށަވަރުކޮށްދީފިއެވެ.

އޫރިދޫއިން 3.22 ބިލިއަން އެމެރިކާ ޑޮލަރުގެ ބްރޭންޑް އަގުކުރުމަކާއެކު މި ލިސްޓްގައި 5 އަހަރު ވިދިވިދިގެން ހިމެނިފައިވެއެވެ. އަދި ގްރޫޕުގެ ބްރޭންޑް ސްޓްރެންތް އިންޑެކްސްވެސް ވަނީ މިދިޔަ އަހަރު ތެރޭގައި ކުރިން ނުދާހާ މައްޗަށް ގޮސް ބްރޭންޑް ރޭޓިންގް ވެސް ވަނީ AA+ ގައި ވިދިވިދިގެން ތިން ވަނަ އަހަރުގައި ހިފަހައްޓާފައެވެ. އަދި މީގެ އިތުރަށް އޫރިދޫ ގްރޫޕުން ވަނީ މެދުއިރުމަތީ ސަރަހައްދުން ތިންވަނައަށް އެންމެ އަގުހުރި ބްރޭންޑްގެ ގޮތުގައި ދަމަހައްޓާފައެވެ.

މުވާސަލަތީ ކުންފުނިތަކުގެ ފިނޭންސް އަގުކުރުމާއި ސްޓެރެޓެޖީތައް ބިނާކުރުމަށް ކޮންސަލްޓެންސީ ދޭ ބްރޭންޑް ފިނޭންސުން ރޭންކު ކުރުމުގައި ދުނިޔޭގެ މުވާސަލަތީ ކުންފުނިތަކުގެ އަގުކުރުމުގައި ބަލައެވެ. ފުރަތަމަ ބްރޭންޑްތައް ގިންތިކުރުމާއި އިވެލުއޭޓުކުރުމުށް ބަލާ ކަންތައްތަކުގެ ތެރޭގައި މާކެޓްކުރުމަށް ހަރަދު ކުރާ ގޮތާ، ބްރޭންޑުގެ ތެދުވެރިކަމާ، މުވައްޒަފުން ހިތްހަމަޖެހިފައިވާ މިންވަރާ އަދި ބްރޭންޑްގެ އަގު ހިފަހައްޓާ މިންވަރަށް ބެލުމަށްފަހު ބްރޭންޑް އަގުކުރަނީ ބްރޭންޑަށް މާލީގޮތުން ވަދެފައިވާ މިންވަރުން މި ދެންނެވުނު ކަންތައްތަކައް ލާރި ވަދެފައިވާ މިންވަރަށް ބަލައެވެ. އަދި މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ އެންމެ އަގުހުރި މުވާސަލަތީ ބްރޭންޑްތައް ގިންތިކުރެވިގެންދެއެވެ.

ބްރޭންޑް ފިނޭންސުން ވަނީ އޫރިދޫ ގްރޫޕް 2013 ގައި އުފެދުނީއްސުރެ މި ގްރޫޕްގެ ބްރޭންޑްގެ އަގުހުރިވަރު ގާތުން ބަލަމުންގޮސްފައެވެ. ދޯހާގައި ގާއިމުވެފައިވާ މި ގްރޫޕުން ދަނީ މެދުއިރުމަތި،އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުން 10 މާކެޓުގައި ހަރަކާތްތެރިވަމުންނެވެ.

2020 ގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް އޫރިދޫ ގްރޫޕުން ވަނީ އާ އިންވެސްޓްމަންޓްތައް ގްރޫޕްގެ އޮޕަރޭޝަންތަކުގައި ފައްޓާފައެވެ. މީގެ ތެރޭގައި ކުރިންވެސް ހިނގަމުން އައި ޑިޖިޓަލްކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރުމާއި، ނެޓްވޯކް އަޕްގްރޭޑް ކުރުން ހިމެނެވެ.

އޫރިދޫ ގްރޫޕުންވަނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް ހާއްސަ ސަމާލުކަމެއްދޭކަން ކޮވިޑް-19 ގައި އެކިއެކި ރަށްވެހިތަކަށާއި ގައުމުތަކަށް ކަނޑަނޭޅި ދެމުންގެންދިޔަ އެހީތަކުން ދައްކުވައިދީ ބްރޭންޑްގެ އަގުކުރުމަށް އިތުރު ކުރިއެރުމެއް ގެނެސްދީފައެވެ.

ބްރޭންޑް ފިނޭންސްގެ މި ގިންތިކުރުމާ ގުޅިގެން އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ޗީފް އެކްޒެކެޓިވް އޮފިސަރ ޝައިޚް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ ވިދާޅުވީ، "އޫރިދޫ ގްރޫޕުން މިހޯދި ކުރިއެރުން މިއަންގަނީ ނުހަނު އުފަލާއެކު އަދި އަހަރެމެން މިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ 50 މުވާސަލަތީ ގުޅުން ގާއިމުކޮށްދޭ ބްރޭންޑްތަކުގެ ހިމެނިފައެވެ. އަދި މީގެ އިތުރުން ބްރޭންޑް ސްޓްރެންތް އިންޑެކްސްވެސް ވަރުގަދަ ކޮށްފައެވެ. މި ހުރިހާ ކަމަކުން އެނގެނީ އަހަރެމެން މުވާސަލާތީ ޚިދުމަތަށް ދޭ އަހައްމިއްޔަތާއި އަދި މިފަދަ ނަތީޖާއެއް ލިބުމަކީ އަހަރެމެންގެ އަގު މައްޗައްޖެހި ނުހަނު އުފާ ފާޅުކުރަންޖެހޭ ކަމެކެވެ. މިފަދަ ކުރިއެރުމެއް އަހަރެމެންނަށް ލިބިގެން މިދިޔައީ ހަރުދަނާ އިސްވެރިންތަކަކާއި، ޑިރެކްޓަރުންގެ ބޯޑަކާއި، ކުރިމަގު ފާގަތިކުރުމަށް އިސްކަންދީގެން މަސައްކަތްކުރާ ވެރިންތަކާއި އަދި ހީވާގި އަދި ތެދުވެރި މުވައްޒަފުންތަކެއްގެ ސަބަބުންނެވެ."

މީގެ އިތުރުން އަލް ތާނީ ވިދާޅުވިގޮތުގައި 2020 ގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވި ދަތިތައް އެއް ފަރާތްކޮށް އާ ކަސްޓަމަރުންނާއި އާ މާކެޓުތަކުގެ ބޭނުންތަކަށް އަމާޒުކޮށް، އޫރިދޫ ގްރޫޕްގެ ހިދުމަތްތައް ދެމެހެއްޓެނިވި އަދި އާ އިޖާދު ތައް ހިމެނިފައިވާ ޓެކޮނޮލޮޖީތައް ބޭނުންކޮށްގެން ކުރިއެރުމެވެ. އަދި 5G ޚިދުމަތް ދިނުން ފުޅާކޮށް އާއަހަރަކަށް އާއުއްމީދުތަކާއެކު ކުރިއަށްދިއުމަށްވެސް ބާރުއެޅިއެވެ.

ބްރޭންޑް ފިނޭންސް ޓެލެކޮމް 150ގެ 2021 ރިޕޯޓް ބެލުމަށް މިލިންކަށް ފިތާލައްވާ: https://brandirectory.com/rankings/telecoms/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް